މުގުރި މިރުސް ބޭސް

މުގުރިމިރުސް ބޭސް

ބޭނުންވާ ތަކެތި

1 ސައިސަމުސާ މުގުރި މިރުސް

1 ލޮނުމެދު

1 ކުޑަ ފިޔާ

1 ލީޓަރ ފެން

1 މޭޒުމަތީ ސަމުސާ ދޮންނަކުނޑި

ބޭސް ތައްޔާރުކުރާނެ ގޮތް

ލޮނުމެދާއި ފިޔާ ކުދިކޮށް ކޮށާލުމަށްފަހު މުގުރި މިރުހާއި އެއްކޮށްލާށެވެ. ދެން ފެނާއި އެއްކޮށްލާފައި 1 ގަޑިއިރު ވަންދެން ބެހެއްޓުމަށްފަހު ފުރާނާލާށެވެ. ފުރޭނި ފެނުގެ ތެރެއަށް އޯމޯ އަޅާ ރަނގަޅަށް ގިރާލާށެވެ.

 

ބޭނުންކުރާނެ ގޮތް

ބަލިޖެހިފައިވާ ގަސްތަކަށް ރަނގަޅަށް ސްޕްރޭ ކޮށްލާށެވެ.  ސްޕްރޭ ކުރުމުގައި އަބަދުވެސް 1 ގަހަށް ޖަހައި 24 ގަޑި އިރު އޭގެ ނޭދެވޭ އަސަރެއް ގަހަށް ކުރޭތޯ ބެލުމަށްފަހު މެނުވީ ހުރިހާ ގަހަކަށް ސްޕްރޭ ނުކުރުމަކީ ރަނގަޅު އާދައެކެވެ.

 

ކޮންޓްރޯލްކުރެވޭނީ

ގަސްގަހުގެ ފަތްކާ ފަނިފަކުސާގެ ބާވަތްތަކަށް.

  • 182