ދަނޑުވެރިޔާ
އަލަޔަކީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި މިހާރުވެސް އެދެވޭ މިންވަރަކަށް ހައްދަމުން އަންނަ ފަލަމަޑީގެ ބާވަތެކެވެ. ރާއްޖެއަށް ހަނޑޫ ތަޢާރަފްވުމުގެ ކުރިން ރާއްޖޭގެ ގިނަ ރަށްރަށުގައި ކޮންމެ ވަގުތެއްގެ ސުފުރާ މަތިންވެސް އާންމުކޮށް ފެންނަ ބާވަތެކެވެ.
މުޑުވައްކުރުމާއި ބިން ތައްޔާރުކުރުމާއި އިންދުން
އަލަ ހެއްދުން
އަލަ ކޮނުން
ބާޒާރުގެ މައުލޫމާތު


ޓެގްސް :
  • #All
ޓެގްސް :
  • #All
  • #އަލަ

ރާއްޖޭގައި ޢާންމުކޮށް ހައްދާ އުޅޭ އަލައިގެ ވައްތަރުތަކަށް ދިވެހި ނަންތައް ދެވިފައި އެބަހުއްޓެވެ. މިގޮތުން ޢާއްމުކޮށް ރާއްޖޭގައި ހައްދާއުޅެނީ، އޮޅުއަލަ، ބޮޑުއަލަ، ކިރުއަލަ، ރަތްއަލަ، ހުދުއަލަ، ފުރަށްދެއަލަ އަދި މާއަލައެވެ. މި ހުރިހާ ވައްތަރުތަކަކީވެސް ވަރަށް ރަނ ގަޅު ދިވެހިންގެ ތެރޭގައި ވަރަށް މަޤްބޫލު ވައްތަރުތަކެކެވެ. އަލަ މުޑުވައްކުރުމަށް ބޭނުންކުރަނީ އަލަކަނޑާފައިވާ ގަހާއި އެގަހުގެ ނިރުތައް، ގަހުގެއަލަގަނޑު، ބޮޑު އަލަގަނޑެއްނަމަ ބައިބަޔަށް ބުރިކޮށްގެން އަދި ޓިޝޫކަލްޗަރކޮށްގެންނެވެ. އަދި މުޑުވަކަށް ބޭނުންކުރާނީ އަލަގަނޑަށާއި ގަހުގެ މަތީބަޔަށް އެއްވެސް ބައްޔެއް ޖެހިފައި ނުވާ އަދި ކާނާމަދުވުމުން ހީނަރުވެފައިނުވާ ގަސްގަސްގަހުގެ މުޑުވަކެވެ. ރާއްޖޭގައި ޢާއްމުކޮށް މުޑުވަކަށް ބޭނުންކުރަނީ އަލަގަނޑު ކަނޑާފައިވާ މައިގަހާއި ނިރެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް އަލަގަނޑުވެސް ބޭނުންކުރަމުން ގެންދެއެވެ.

އާއްމުކޮށް އަލަ ހައްދަނީ 2 ގޮތަކަށެވެ. އެއީ އޮޅުގައި ނުވަތަ ތެތް ބިމުގައި އަލަ ހެއްދުމާއި ، ހިކިބިމުގައި އަލަ ހެއްދުމެވެ. ޤުދުރަތީ އޮޅު ނެތް ރަށްރަށުގައި ބިންގަނ ޑު ފެނާޖެހެންދެން ކޮނެ ކަޅު ފަސް އަޅައި އާޓިފިޝަލް އޮޅު ހަދައިގެން ވެސް ބައެއް ރަށްރަށުގައި އޮޅުއަލަ ހައްދާފައިވާތަން މަދުމަދުން ފެނެއެވެ. އޮޅު ގައި އަލަ ހައްދާނަމަ އޮޅުގައި ވިނަނޮޅާސާފުކުރުމަށްފަހު އަލައިންދާނީއެވެ. ޢާއްމުކޮށް އޮޅުގައި ހައްދަނީ އޮޅުއަލައިގެ ދެ ބާވަތްކަމަށްވާ އޮޅުއަލައާއި ބޮޑުއަލައެވެ. ރާއްޖޭގައި ހައްދާ އަލައިގެ ތެރެއިން ރަތްއަލައާއި ހުދުއަލަ އޮޅުގައާއި ތެތްބިމުގައި ރަނގަޅަށް ހެދެއެވެ. ކިރުއަލަ ރަނގަޅަށް ހެދެނީ ތެތްބިމުގައެވެ. އަދި މާއަލަ ނުވަތަ ފުރަށްދެއަލަ ތެތްބިމުގައާއި ހިކި ބިމުގައި ރަނގަޅަށް ހެދެއެވެ. އަލަ އިންދާނީ ވާރޭވެހި ފެންބޮޑުވެފައި ނުވާ ދުވަސްވަރެއްގައެވެ. ރާއްޖޭގެ ދަނޑުވެރިން ޢާއްމުކޮށް އޮޅުއަލަ އިންދާ ދުރުމިނަކީ 7-8 އިންޗި ދުރުމިނުގައެވެ.